ޚަބަރު ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފާހަގަކޮށް، ޑަބްލިއުއެޗްއޯއަށް އަންގައިފި

ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފާހަގަކޮށް، ޑަބްލިއުއެޗްއޯއަށް އަންގައިފި

ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފާހަގަކޮށް، ޑަބްލިއުއެޗްއޯއަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ “ޑާޒަލެކްސް” (Darzalex) ބޭހުގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފާހަގަކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ އެތަނުން ކުރި ރެންޑަމް އިންސްޕެކްޝަނެއްގެ ތެރެއިން މި ނަކަލު ބޭސްތައް ފެނިފައިވާއިރު، ހަމަ މި ބާވަތުގެ ފޭކް އިންޖެކްޝަންތަކެއް މެކްސިކޯއިން ވެސް ފެނިފައިވާކަމަށެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން މިހާރު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަމުގެ ނޯޓިހެއް ނެރެފައިކަމަށް ވެސް އެމްއެފްޑީއޭ އިން ބުންނެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު އިންޒާރުގައި ބުނެފައިވަނީ “MYS7381” އަދި “STV1K01” ބެޗް ނަންބަރު ޖަހާފައިވާ މި އިންޖެކްޝަންތަކަކީ އަސްލު އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ނަކަލު ބޭސްތަކެއް ކަމަށެވެ. މަލްޓިޕަލް މައިލޯމާ ފަދަ ކެންސަރުގެ ބާވަތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މި ބޭހުގެ ފޭކް އުފެއްދުންތައް ބައެއް ހޮސްޕިޓަލްތަކަށް ވެސް ލިބިފައިވާކަން ފާހަގަކުރެވިފައިވާތީ، އެ ބެޗް ނަންބަރުތަކުގެ ބޭސް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބޭސްތަކަކީ ރަސްމީ ހުއްދަ ނެތް ފަރާތްތަކުން ބާޒާރަށް ނެރެފައިވާ ބޭސްތަކެއްކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޓެގް

ޑަބްލިޔުއެޗްއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.