ޚަބަރު

ދީނީ އަދި އަޚްލާޤީ ސިފަތަކާއެކު ކުޅުންތެރިން ބިނާކުރަން “މަންފާ އެކަޑަމީ” އިފްތިތާހުކޮށްފި

ކުޅިވަރުގެ ހުނަރުތަކާއެކު އިސްލާމީ އަޚްލާޤަށް ބޯލަނބާ ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި “މަންފާ އެކަޑަމީ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ޣިޔާޡުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކަޑަމީ އިފްތިތާހުކޮށްދެއްވީ ކޯޗު ޢަލީ ސުޒައިންއެވެ. މަންފާ ޖަމިއްޔާގެ ދަށުން ހިންގާ މި އެކަޑަމީގެ ޗެއާމަނަކީ ޢަލީ ރަމީޒެވެ. އަދި ރައީސަކީ ވޮލީ ކޯޗު މުޙައްމަދު ސާޖިދެވެ.

މަންފާއިން ބުނިގޮތުގައި މި އެކަޑަމީގެ ޚާއްޞަ ސިފައަކީ ހަމައެކަނި ކުޅިވަރުގެ ތަމްރީނު ދިނުމުގެ ބަދަލުގައި، ނަމާދަށް ފަރުވާތެރިވާ އަދި ދީނީ ކަންކަމަށް އިސްކަންދޭ ޖީލެއް ތަރުބިއްޔަތު ކުރުމެވެ. އެކަޑަމީގެ ޗެއާމަން ޢަލީ ރަމީޒް ވިދާޅުވީ، މިއީ ކުޅިވަރުގެ ދާއިރާއަށް އިސްލާމީ ދަޢުވަތު ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާނެ މަސައްކަތެއް ކަމަށެވެ. އެކަޑަމީގެ ހިންގުމުގައި ރާއްޖޭގެ ފުންނާބުއުސް ތަޖުރިބާކާރު ކޯޗުން ބައިވެރިވެވަޑައިގަންނަވައެވެ.

މަންފާއިން ބުނިގޮތުގައި އެކަޑަމީގެ އަމަލީ ތަމްރީނުތައް ފެށުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ. އެކަޑަމީގެ ނައިބު ރައީސް ޢަލީ ނިސްތާރު މުޙައްމަދު ވިދާޅުވީ، ދާދި އަވަހަށް ކުދިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މި އެކަޑަމީން ތަމްރީނުވެގެން ނުކުންނާނީ ހަމައެކަނި ކުޅިވަރު ކުޅުންތެރިންނެއް ނޫން ކަމަށާއި، އެއީ ދީނީ ކަންކަމަށް ބޯލަނބާނެ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close