ޚަބަރު އަމާނާތްތެރިކަން އިސްކޮށް، ރިޝްވަތާއި ކޮރަޕްޝަނުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އަމާނާތްތެރިކަން އިސްކޮށް، ރިޝްވަތާއި ކޮރަޕްޝަނުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އަމާނާތްތެރިކަން އިސްކޮށް، ރިޝްވަތާއި ކޮރަޕްޝަނުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮރަޕްޝަނާއި ރިޝްވަތަކީ ގައުމެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ބިންގާ ފުނޑުފުނޑުކޮށްލާ، މާތް ﷲ ގެ ކޯފާއާއި ލައުނަތް ހުށަހެޅޭ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި މިއަދުގެ ހުކުރު ހުތުބާގައި ސިފަކޮށްފިއެވެ.

“ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫއަށް ދިން ހުތުބާގައި، ކޮރަޕްޝަނަކީ އަމިއްލަ އެދުމަށްޓަކައި މަގާމުގެ ނުފޫޒާއި އަމާނާތަށް ހިޔާނާތްތެރިވުން ކަމަށް ބަޔާންކޮށް، މިއީ އިސްލާމީ މުޖުތަމައެއްގައި އެއްވެސް މިންވަރަކަށް ޖާގަދެވިގެންވާނެ ކަމެއް ނޫންކަން ވަނީ ހަނދާންކޮށްދީފައެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، ރިޝްވަތުގެ ސަބަބުން ހައްގުވެރިންގެ ހައްގުތައް ގެއްލި، މުޖުތަމައުގައި ނާއިންސާފާއި ފަގީރުކަން އާންމުވެގެންދެއެވެ. އަދި ހަރާމް ގޮތުގައި މުދާ ހޯދުމަށް ދަހިވެތިވުމަކީ އިންސާނާގެ ކަރާމާތާއި ދީންވެރިކަން ގެއްލުވައިލާ ކަމެއް ކަމަށާއި، ހަގީގީ މުއްސަނދިކަމަކީ ހަރާމް މުދަލުން ނަފުސު ތާހިރުކޮށް ލިބޭ މިންވަރަށް ރުހިގެން އުޅުން ކަމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލުﷲ ﷺ ލައުނަތް ލެއްވިކަން ހަނދާންކޮށްދެމުން، މިއީ އާހިރަތް ދުވަހުން ބޮޑުވެގެންވާ އަޒާބު ލިބޭނެ ފާފައެއް ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ހުތުބާ ނިންމާލަމުން އިލްތިމާސްކުރީ، ކޮރަޕްޝަނަކީ އާދައިގެ ކަމެއް ކަމުގައި ދެކޭ ދެކުން ބަދަލުކޮށް، އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން މުޅި މުޖުތަމައުގައި އަށަގެންނެވުމަށެވެ. ދުނިޔަވީ ވަގުތީ އުފަލަކަށްޓަކައި މާތް ﷲ ހަރާމްކުރެއްވި ކަންކަމަށް އަރައިނުގަތުމަށާއި، ގައުމުގެ ކުރިއެރުމާއި އަމިއްލަ ނަފުސުގެ ފަލާހާއި ބާއްޖަވެރިކަން އޮތީ އިޚްލާޞްތެރިކަމާއެކު ދީނީ އިންތަކަށް ބޯލަނބައިގެން ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.