ޚަބަރު ‘އަލްޙަމްދު’ ކިޔަން ބުންޏަސް ދެކޮޅު ހަދަންޖެހޭ ކަމަށް ބުނުމަކީ ފިތުނަ އުފެއްދުން: ޑރ. ޖަމީލް

‘އަލްޙަމްދު’ ކިޔަން ބުންޏަސް ދެކޮޅު ހަދަންޖެހޭ ކަމަށް ބުނުމަކީ ފިތުނަ އުފެއްދުން: ޑރ. ޖަމީލް

‘އަލްޙަމްދު’ ކިޔަން ބުންޏަސް ދެކޮޅު ހަދަންޖެހޭ ކަމަށް ބުނުމަކީ ފިތުނަ އުފެއްދުން: ޑރ. ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ލީޑަޝިޕުން ‘އަލްޙަމްދު’ ކިޔަން ބުންޏަސް އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭނެ ކަމަށް މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވިދާޅުވި ވާހަކައަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޖަމީލް ވިދާޅުވީ މިއީ އިސްލާމީ މުޖުތަމައެއްގައި ފިތުނައިގެ އަލިފާންގަނޑެއް ރޯކުރުން ފަދަ ނުރައްކާތެރި، ބޮޑާ ބަސްތަކެއް ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ފާހަގަކުރެއްވި ގޮތުގައި މީހެއްގެ ނިޔަތް ދެނެގަތުމާއި އަޅުކަން ގަބޫލުކުރެއްވުމަކީ ހަމައެކަނި ﷲ އަށް އޮތް ކަމެކެވެ. މެންބަރު ޖަނާބުގެ ވާހަކަތަކަކީ އިންތިހާ ދަރަޖައިގެ ކިބުރުވެރިކަން ދޭހަވާ ވާހަކަތަކެއް ކަމަށާއި، ބައެއް ބޭފުޅުން ބޮޑާވުމުން ކުފުރުގެ ބަސްތައް ބޭނުން ކުރެވޭއިރު ވެސް ނޭނގޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ދީނާއި އިލްމުވެރިންނާ މެދު ޒުވާނުން ދެކޭގޮތް ބަދަލުވެ، ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް ޖަމީލް ވަނީ ދެއްވާފައެވެ.

ޓެގް

ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.