ޚަބަރު އޮޔާދާ ތިން ކޮންޓޭނަރެއް ނުފެނިގެން ހޯދަނީ

އޮޔާދާ ތިން ކޮންޓޭނަރެއް ނުފެނިގެން ހޯދަނީ

އޮޔާދާ ތިން ކޮންޓޭނަރެއް ނުފެނިގެން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ވިޔަފާރި ބަނދަރުގެ ޖެޓީގައި އޮތް ބާޖަކުން މޫދަށް ވެއްޓުނު ފަސް ކޮންޓޭނަރުގެ ތެރެއިން ތިން ކޮންޓޭނަރު އަދިވެސް ނުފެންނާތީ، އެ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ވެއްޓުނު ތަކެތީގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ ދެ ކޮންޓޭނަރެވެ.

ފުލުހުން ބުނި ގޮތުގައި މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށެވެ. އެ ސަރަހައްދަކީ ގިނަ އުޅަނދުތަކެއް ދަތުރުކުރާ ސަރަހައްދަކަށް ވާތީ، ނުފެނި ހުރި ކޮންޓޭނަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިދާނެތީ ދަތުރުވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގެއްލިފައިވާ ކޮންޓޭނަރުތައް ހޯދުމުގެ މަސައްކަތް އެމްޕީއެލްއާއި ގުޅިގެން ކުރަމުންދާއިރު، ކަނޑުމަތިން މިފަދަ އެއްޗެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ. މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޓެގް

އެމްޕީއެލް ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.