ޚަބަރު ގއ. ވިލިނގިލީ ފަޔަރ ސްޓޭޝަން އެޅުމުގެ ބިޔަ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ގއ. ވިލިނގިލީ ފަޔަރ ސްޓޭޝަން އެޅުމުގެ ބިޔަ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ގއ. ވިލިނގިލީ ފަޔަރ ސްޓޭޝަން އެޅުމުގެ ބިޔަ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ބިނާކުރުމުގެ ބޮޑު މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީއެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި އުމްރާނީ މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް އާރްޑީސީއަށް ދީފައިވަނީ ޖުމްލަ 550 ދުވަހުގެ މުއްދަތެކެވެ.

މި ފަޔަރ ސްޓޭޝަން ޤާއިމުވެގެންދިއުމާއެކު، ގއ. އަތޮޅާއި އެ ސަރަޙައްދުގެ ރަށްތަކުގައި ހިނގާފާނެ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ކުރިއަށްވުރެ މާ އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ފާހަގަކުރެއެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ އިސްވެރިންގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣާޠިރުގެ އިތުރުން ސިފައިންގެއާއި އާރްޑީސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެގް

އާރުޑީސީ ވިލިގިލި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.