ޚަބަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހަފުތާގައި ރާއްޖެއިން އިތުރު ދެ މީހަކަށް ހިމަބިހި ޖެހުމާ ގުޅިގެން، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ. މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ނައްތާލާފައިވާ މި ބަލި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އަލުން ފެންނަން ފަށާފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމާބެހޭ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ބާރުއަޅަމުންދާއިރު، މިހާރުވެސް ސިއްހީ ދާއިރާގެ ފްރޮންޓްލައިން މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލި މަދުން ފެނިފައިވީ ނަމަވެސް، ބަލި ފެތުރުން ހުއްޓުވުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

ޓެގް

އެޗްޕީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.