ޚަބަރު ހުޅުމާލެ ފުލެޓަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗން ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލެ ފުލެޓަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗން ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލެ ފުލެޓަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗން ވެންޓިލޭޓަރުގައި ފަރުވާދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ “އަމާން ދޯދި 5” ފުލެޓުގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން އައިޖީއެމްއެޗުން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ 11:14 ހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނިގޮތުގައި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި އެ ކުއްޖާގެ ހާލު ސީރިއަސްވެ، މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އިތުރަށް ބަލަމުންދާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.