ޚަބަރު 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު ކަމަށް ވިދާޅުވެ ޒަމީރު ތުހުމަތުތައް ދޮގުކުރައްވައިފި

2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު ކަމަށް ވިދާޅުވެ ޒަމީރު ތުހުމަތުތައް ދޮގުކުރައްވައިފި

2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު ކަމަށް ވިދާޅުވެ ޒަމީރު ތުހުމަތުތައް ދޮގުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި އެތެރޭގެ ކޮންގްރެސްއާ ގުޅުވައިގެން ބައިބައިވުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީގެ ފަރާތުން ނުކުންނަވާނެ ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ، 2028 އިގެ އިންތިޚާބުގައި ރައީސް މުޢިއްޒުގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ޕީއެންސީގެ ތެރޭގައި ފެށިފައިވާ ކަމަށް ބުނެ، ކުރީގެ ރައީސް ޔާމީންގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްޠަފާ ސޯޝަލް މީޑިއާގައި ކުރެއްވި ތުހުމަތުތަކަށް ސީދާ ރައްދު ދެއްވަމުންނެވެ.

ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، އެ މަސައްކަތްތަކާއެކު ޕީއެންސީން ދަނީ ރައީސް މުޢިއްޒުގެ ލީޑަޝިޕްގެ ދަށުން ކުރިއަށް އޮތް ދައުރަށް ވެސް ތައްޔާރުވަމުން ކަމަށާއި، ޕާޓީގެ އިސް ސަފާއި އާންމު މެންބަރުން ތިއްބެވީ ސާބިތުކަމާއެކު ރައީސްގެ ފަހަތްޕުޅުގައި ކަމަށެވެ.

ނަމަވެސް މުސްޠަފާ ކުރެއްވި ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ޕީޕީއެމްގެ ނުފޫޒުގަދަ ލީޑަރުން ބާކީކުރުމަށްޓަކައި ޕީއެންސީގެ ކޮންގްރެސް އަވަސް އަރުވާލައިގެން ބާއްވަން އުޅޭއިރު، ރައީސް މުޢިއްޒު ގެންދަވަނީ ޒަމީރުގެ އިތުރުން ޣައްސާން މައުމޫނާއި އާދަމް ޝަރީފް ފަދަ ބޭފުޅުން އެކަހެރި ކުރައްވަމުންނެވެ.

ޓެގް

ޒަމީރު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.