ކުޅިވަރު ކީޕަރު ރޫމްގެ ރެކޯޑް ސޭވްތަކާއެކު އެކުއެޑޯ އާއި އެއްވަރުކޮށް ކިއުރުސާއޯ އިން ތާރީހީ ޕޮއިންޓެއް ހޯދައިފި

ކީޕަރު ރޫމްގެ ރެކޯޑް ސޭވްތަކާއެކު އެކުއެޑޯ އާއި އެއްވަރުކޮށް ކިއުރުސާއޯ އިން ތާރީހީ ޕޮއިންޓެއް ހޯދައިފި

ކީޕަރު ރޫމްގެ ރެކޯޑް ސޭވްތަކާއެކު އެކުއެޑޯ އާއި އެއްވަރުކޮށް ކިއުރުސާއޯ އިން ތާރީހީ ޕޮއިންޓެއް ހޯދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ކިއުރުސާއޯގެ ކީޕަރު އެލޯއި ރޫމް ދެއްކި މޮޅު ކުޅުމާއި އެކު، 0-0 އިން އެކުއެޑޯއާ އެއްވަރުކޮށް އެ ގައުމުން ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނު އަތުން ބޮޑު ތަފާތަކުން ބަލިވުމުގެ ނާއުއްމީދުގައި އޮތް ކިއުރުސާއޯ އިން މި މުހިއްމު ޕޮއިންޓް ހޯދީ މުޅި މެޗުގައި އެކުއެޑޯ އިން އުފެއްދި ވަރުގަދަ ހަމަލާތަކަށް ކީޕަރު ރޫމް ހުރަސް އަޅައިގެންނެވެ.

މި މެޗުގައި އުމުރުން 37 އަހަރުގެ ރޫމް ވަނީ އެކުއެޑޯގެ އެނާ ވެލެންސިއާ އާއި ޕްލާޓާ ފަދަ ތަރިން ފޮނުވާލި 15 ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ. މިއީ 2014 ވަނަ އަހަރު އެމެރިކާގެ ޓިމް ހޮވާޑް ހަދާފައިވާ ވޯލްޑް ކަޕް ރެކޯޑާ އެއްވަރުގެ އަދަދެކެވެ. ރޫމްގެ މި އާދަޔާހިލާފު މޮޅު ކުޅުމުގެ ސަބަބުން، މުޅި މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް އުފެއްދި އެކުއެޑޯއަށް ޖެހުނީ މެޗު ނިންމާލަންވާއިރު ހުސްއަތާ ފައިބާށެވެ.

ގްރޫޕް އީގެ ތާވަލަށް ބަލާއިރު، ދެ މެޗުން ހަ ޕޮއިންޓާއެކު ޖަރުމަނު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ތިން ޕޮއިންޓާއެކު އައިވަރީ ކޯސްޓް ދެވަނައިގައި އޮތްއިރު، އެކުއެޑޯ އާއި ކިއުރުސާއޯ އޮތީ ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ކިއުރުސާއޯ އިން ގްރޫޕްގެ ފަހު މެޗުގައި އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނައިރު، ޖަރުމަނު ބައްދަލުކުރާނީ އެކުއެޑޯއާއެވެ.

ޓެގް

ވޯލްޑް ކަޕް 2026

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.