ޚަބަރު ހިމަބިހި ފެތުރުން އިތުރުވެ ކޭސްތަކުގެ ޖުމްލަ 15 އަށް

ހިމަބިހި ފެތުރުން އިތުރުވެ ކޭސްތަކުގެ ޖުމްލަ 15 އަށް

ހިމަބިހި ފެތުރުން އިތުރުވެ ކޭސްތަކުގެ ޖުމްލަ 15 އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު 4 މީހަކު ފާއިތުވި ހަފްތާގައި ފެނި، މި އަހަރުގެ ތެރޭގައި މި ބަލި ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު 15 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ރާއްޖެއިން ނައްތާލާފައިވާ މި ބަލީގެ ކޭސްތައް އަލުން ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެންނެވެ.

ބަލި ފެތުރުން އިތުރުވަމުންދާތީ، ބައްޔަށް ޝައްކުކުރެވޭ މީހުންނަށް އިރުޝާދު ދިނުމަށް އައިޖީއެމްއެޗްގައި މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މި ބަލި ފެތުރެމުންދާއިރު، ގަދައަށް ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ޓެގް

އެޗްޕީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.