ޚަބަރު ކަނޑުތަކުގެ ދުޅަހެޔޮކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ރައީސް ގޮވާލައްވައިފި

ކަނޑުތަކުގެ ދުޅަހެޔޮކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ރައީސް ގޮވާލައްވައިފި

ކަނޑުތަކުގެ ދުޅަހެޔޮކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ރައީސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހީންގެ ދިރިއުޅުމާއި އިޤްތިޞާދު ކަނޑުތަކާ ވަށައިޖެހިފައިވާއިރު، ކަނޑުތައް ހޫނުވުމާއި ރަށްގިރުން ފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރުތަކަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާވެސް ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، މުރަކަ އާލާކުރުމާއި، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ތިމާވެށީގެ ސިޔާސަތުތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުކަމަށްވުމުން، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭކަންވެސް ހާމަކުރެއްވިއެވެ.

“އައު ތަސައްވުރެއް: ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ” މި ޝިޢާރުގެ ދަށުން ފާހަގަކުރާ މި ދުވަހު، ރައީސް ވަނީ ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް ގޮވާލައްވާފައެވެ. ކޮންމެ އަހަރެއްގެ ޖޫން 8 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ ކަނޑުތަކުގެ މުހިއްމުކަން ހަނދާންކޮށްދޭ ބައިނަލްއަޤުވާމީ މުހިއްމު ދުވަހެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.