ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ސޯބެ ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރު ކުރެއްވި ސޯބެއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ މައްޗަށް ކުރިހޯއްދެވުމާ ގުޅިގެން، މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 13 އަށް އިތުރުވެ، ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 74 އަށް ވެއްޓިފައެވެ.

މިހާތަނަށް ގުނާ ނިމުނު ހުރިހާ ފޮށްޓަކުން ވެސް ކުރީގައި ސޯބެ އުޅުއްވާ އިރު، މި ނަތީޖާއަކީ ވެރިކަން ހިންގާ ޕާޓީއަށް ވިދިވިދިގެން ލިބުނު ތިންވަނަ ބޮޑު ނާކާމިޔާބީއެވެ. މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ސިޓީތަކުގެ މެޖޯރިޓީ ހޯދާފައިވާއިރު، އިންތިހާބުތައް އެއްކޮށްލުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ސަރުކާރުން ބޭނުންވި ގޮތާ ދެކޮޅަށް ރައްޔިތުންގެ 75 އިންސައްތަ ވަނީ ވޯޓު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ގޮނޑި ކުރިން ފުރެއްވި ޕީއެންސީގެ މުހައްމަދު ސިނާނަށް ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއްގެ މައްސަލައިގައެވެ. މިއަދުގެ އިންތިހާބުގައި އެމްޑީޕީން ހޯދި މި ކާމިޔާބީއަކީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި އެ ޕާޓީއަށް ގެއްލިފައި އޮތުމަށްފަހު އަލުން އަނބުރާ ހޯދި މުހިންމު ކާމިޔާބީއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close