ޚަބަރު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: މެޑަމް ސާޖިދާ

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: މެޑަމް ސާޖިދާ

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: މެޑަމް ސާޖިދާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންނަށް އަމާން މާހައުލެއް ގާއިމުކުރެވޭނީ އޯގާތެރިކަމާއި އަޅާލުން އިސްކުރާ މުޖުތަމައެއް ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ ބައްދަލުވުންތައް އިފްތިތާހުކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާއެކު ބޮޑުވާ ކުއްޖަކަށް ހެދުމަކީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ އެންމެން ގުޅިގެން އުފުލަންޖެހޭ ފަރުދީ ޒިންމާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވި ގޮތުގައި، ކުދިންނަށް ދެވޭ ތަރުބިއްޔަތާއި އަޅާލުމަކީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެކެވެ. ކުދިންނަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ ގޭތެރެއާއި ސުކޫލުތަކުގެ ތެރެއިން ކަމަށްވާއިރު، އެކުދިންނަށް ދައްކާ ރީތި ނަމޫނާއާއި ބަހައްޓާ ގާތްކަމަކީ އެކުދިންގެ އަހުލާގާއި ފިކުރު ބައްޓަންކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން، ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، އެކުދިންނަށް ބޭނުންވާ ނަފްސާނީ އަދި އަހުލާގީ ބިންގާ ވަރުގަދަކޮށްދިނުން މުހިންމެވެ.

ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ “މަޝްވަރާ އޮން ޗައިލްޑް ރައިޓްސް” ހަރަކާތަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކުދިންނަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގައި މައިންބަފައިންނާއި، މުދައްރިސުންނާއި އަދި މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް އިސްނަގައިގެން މަސައްކަތްކުރުމަށް ފަސްޓް ލޭޑީ ވަނީ ބާރުއަޅުއްވާފައެވެ.

ޓެގް

މެޑަމް ސާޖިދާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.