ޚަބަރު ޕާޓީގައި ނެތް ހިތްވަރެއް އަޅުގަނޑުގެ ގަޔަކުވެސް ނެތް: ރައީސް ނަޝީދު

ޕާޓީގައި ނެތް ހިތްވަރެއް އަޅުގަނޑުގެ ގަޔަކުވެސް ނެތް: ރައީސް ނަޝީދު

ޕާޓީގައި ނެތް ހިތްވަރެއް އަޅުގަނޑުގެ ގަޔަކުވެސް ނެތް: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމުގެ ހާލަތު ބަދަލުކޮށް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ މުޅި އެމްޑީޕީ ކުރީގެ ފޯރި އާއި ޖޯޝުގައި ތެދުވެގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އޭނާގެ ކިބައިގައި ހުރީ ޕާޓީގެ އާންމު މެންބަރުންގެ ކިބައިގައި ހުރި ވަރުގެ ހިތްވަރެއް ކަމަށާއި، މެންބަރުންގެ ބައިވެރިވުމާ ނުލައި މި ބުރަ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި އެމްޑީޕީން 160,000 ވޯޓު ހޯދަންޖެހޭ ކަމަށާއި، އެއީ އެންމެން ގުޅިގެން ކުރަންޖެހޭ ބުރަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަރަނިން ގައުމު ސަލާމަތް ކުރުމަށްޓަކައި އެމްޑީޕީ އަލުން ރުކުރުވާލުމަކީ މިވަގުތު އޮތް އެންމެ މުހިއްމު ހައްލު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އޭނާއަކީ އެމްޑީޕީގެ މެންބަރުން އުފައްދާފައިވާ “އިންޖީނެއް” ކަމަށާއި، އޭނާ މިއަދު މަސައްކަތަށް ނިކުމެ ހުރީ އަމިއްލަ ފަސޭހައަށްވުރެ ބޮޑަށް އަންނާން އޮތް ޖީލުތަކުގެ ހައްގުގައި ކަމަށެވެ. މި މަސައްކަތަކީ ދަރިންނާއި ދަރިންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށާއި، އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަން އަލުން ހޯދައިގެން ނޫނީ މި ބަދަލު ނުގެނެވޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.