ބޭރުދުނިޔެ ތެލުގެ އަގު 160 ޑޮލަރަށް އުފުލިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ އިންޒާރު

ތެލުގެ އަގު 160 ޑޮލަރަށް އުފުލިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ އިންޒާރު

ތެލުގެ އަގު 160 ޑޮލަރަށް އުފުލިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ އިންޒާރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތެލުގެ އަގު 160 ޑޮލަރަށް އުފުލިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ މާހިރުން ދީފިއެވެ.

އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމަކަށް އައި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، ތެލުގެ އަގާ މެދުވެސް ފިކުރުބޮޑުނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރުތައް ފެތުރެން ފެށުމާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ކުރިއަށްހުރި ދުވަސްތަކަށް ކަނޑައަޅާ ތެލުގެ އަގުތައް (ފިއުޗާސް ޕްރައިސަސް) ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް، ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

މިއަދު ބާޒާރު ހުޅުވުނުއިރު ތެލުގެ އަގު ހުރީ 100 ޑޮލަރަށްވުރެ ދަށުގައި ކަމަށްވިޔަސް، މިހާރު ހުރި ސްޓޮކް މަދުވުމުގެ ސަބަބުން ތެލުގެ އަގު ފީފާއެއް 150 ނުވަތަ 160 ޑޮލަރަށް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ދާއިރާގެ ކުންފުންޏެއްގެ ސީއީއޯއަކު ވަނީ ލަފާކުރައްވާފައެވެ.

ތެލުގެ އަގު މި މިންވަރަށް މައްޗަށް ހިނގައްޖެ ނަމަ، އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑެތި އަދި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މާހިރުން ދެކެއެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.