ޚަބަރު ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ޒުވާން ޖީލު ދުންފަތުގެ ނުރައްކާތަކުން ރައްކާތެރިކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގައި  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި، އެމަނިކުފާނު ވިދާޅުވީ އީ-ސިނގިރޭޓު މަނާކުރުމާއި “ޖެނެރޭޝަނަލް ބޭން” ފަދަ ހަރުދަނާ ފިޔަވަޅުތަކާއެކު، ދުންފަތާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއަކީ ދުނިޔޭގެ ނަމޫނާ ގައުމަކަށް ވެފައިވާ ކަމަށެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ބާޒާރަށް ނެރޭ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރާ އިސްތިހާރުތަކަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި، ވިޔަފާރިކުރެވޭ އުމުރު 21 އަހަރަށް މަތިކުރުން ފަދަ މުހިންމު ނިންމެވުންތަކެއް ސަރުކާރުން ވަނީ މިހާރުވެސް ތަންފީޒުކުރަން ފަށާފައެވެ.

ކުރިއަށް އޮތް ތަނުގައިވެސް ދުންފަތް ހުއްޓާލުމަށް އެހީތެރިވާ ކްލިނިކްތައް އިތުރުކުރުމާއި، ގާނޫނުތައް އިސްލާހުކޮށް ދުންފަތް މަނާ ސަރަހައްދުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދުންފަތުން ރައްކާތެރިވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.