ޚަބަރު މޯލްޑިވިއަންގެ ފްލީޓަށް އިތުރުވާ އައު ވައިޑް-ބޮޑީ ބޯޓާއެކު ރަޝިޔާ އާއި ކޮރެއާއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ފްލީޓަށް އިތުރުވާ އައު ވައިޑް-ބޮޑީ ބޯޓާއެކު ރަޝިޔާ އާއި ކޮރެއާއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ފްލީޓަށް އިތުރުވާ އައު ވައިޑް-ބޮޑީ ބޯޓާއެކު ރަޝިޔާ އާއި ކޮރެއާއަށް ދަތުރުތައް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށްޓަކައި ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ނިޔަލަށް ރާއްޖެ ގެނައުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވި ނަމަވެސް، އެއަރބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުން ބޯޓު ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

މި އައު ބޯޓު ލިބުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދެ މާކެޓެއް ކަމަށްވާ ރަޝިޔާ އަދި ސައުތު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ އަމާޒު ހިފާފައެވެ. އިޔާސް ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ ފީސަބިލިޓީ ސްޓަޑީތައް މިހާރު ވަނީ ނިމިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖެއަށް ސީދާ ފަތުރުވެރިން ގެނައުމަށްޓަކައި ޤައުމީ އެއަރލައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މޯލްޑިވިއަން އިން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ ވައިޑް-ބޮޑީ ބޯޓު (އޭ330-200) ބޭނުންކުރަން ފެށުމާއެކު، އޮސްޓްރޭލިއާ އާއި ޗައިނާ ފަދަ ދުރު މަންޒިލްތަކަށް ވަނީ ދަތުރުތައް ފަށާފައެވެ.

ޓެގް

މޯލްޑިވިއަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.