ބޭރުދުނިޔެ 87 ދުވަހަށްފަހު އީރާނުގެ އިންޓަނެޓް އިއާދަކުރުމަށް ރައީސް އަމުރުކުރައްވައިފި

87 ދުވަހަށްފަހު އީރާނުގެ އިންޓަނެޓް އިއާދަކުރުމަށް ރައީސް އަމުރުކުރައްވައިފި

87 ދުވަހަށްފަހު އީރާނުގެ އިންޓަނެޓް އިއާދަކުރުމަށް ރައީސް އަމުރުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީރާނުގައި މެދުކަނޑާލާފައިވާ އިންޓަނެޓްގެ ޚިދުމަތްތައް އަލުން އިއާދަކުރުމަށް އެގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ރަސްމީ ގަރާރަކުން އަމުރުކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްގެ މަސްދަރަކާ ހަވާލާދީ އެގައުމުގެ ސެމީ-އޮފިޝަލް މެހެރް ނިއުސް އެޖެންސީންނެވެ.

އިންޓަނެޓް މޮނިޓަރ ކުރާ ޖަމާއަތެއް ކަމަށްވާ ނެޓްބްލޮކްސްއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެގައުމުގައި މުޅިންހެން އިންޓަނެޓް ބްލެކްއައުޓެއް ހިންގަމުން އަންނަތާ މިހާރު 87 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މި ބްލެކްއައުޓްގެ ސަބަބުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ބޮން އަޅަމުންދިޔަ ދަނޑިވަޅުގައި، އެގައުމުގެ ރައްޔިތުންނަށް އެންމެ ފަހުގެ މައުލޫމާތާއި އަޕްޑޭޓްތައް ހޯދުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިވިއެވެ. މީގެ އިތުރުން، އިންޓަނެޓްގެ ޚިދުމަތަށް ބަރޯސާވެގެން ހިންގާ އީރާނުގެ ގިނަ ވިޔަފާރިތަކަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ޓެގް

އީރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.