ޚަބަރު އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓު އޮފީހުން ބުނެފި

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓު އޮފީހުން ބުނެފި

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓު އޮފީހުން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އުތުރަށް މޫސުން ގޯސްވާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރައި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާތީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމުން، ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި، ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަކީ މުހިއްމު ކަމެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.