ޚަބަރުކުޅިވަރު

އާސެނަލްގެ “ރަން ޒަމާން” އަނބުރާ ގެނެސްފި: 22 އަހަރަށްފަހު ލީގު ތަށި ކަށަވަރު!

އިނގިރޭސި ޕްރިމިއާ ލީގުގެ ވާދަވެރި ރޭހަށް ނިމުން އައިސް، 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އާސެނަލުން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

އާސެނަލަށް ތަށި ކަށަވަރުވީ ރޭ މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ. މިއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށް 37 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީއަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ.

މިއީ 2004 ވަނަ އަހަރުގެ ފަހުން އާސެނަލުން ލީގު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މިދިޔަ ތިން ސީޒަނުގައިވެސް ތަށީގެ ރޭހުގައި އާސެނަލުން ވާދަކުރި ނަމަވެސް، ކޮންމެ ފަހަރަކުވެސް ނިންމާލަން ޖެހުނީ ދެވަނައިގައެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގައި އެޓީމުން ވަނީ މުޅި ލީގުގައި އެއްވަނަ މަގާމު ދަމަހައްޓައި، ޓީމެއްގެ ގޮތުގައި ދެއްކި ސާބިތުކަމާއެކު ޝަރަފުވެރި ކާމިޔާބީ ހާސިލުކޮށްފައެވެ.

އާސެނަލްގެ ތާރީޚީ ކާމިޔާބީ އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މި މަހުގެ 30 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ނުކުންނައިރު، މިއީ އެ ކްލަބުގެ ތާރީޚުގައި މި ތަށި ހޯދުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ. ލީގު ތަށީގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށް، މިއަހަރަކީ އާސެނަލްގެ ސަޕޯޓަރުންނަށް އުފާވެރި “ޑަބަލް” ކާމިޔާބީއެއް ލިބޭނެ އަހަރަކަށް ހެދުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close