ޚަބަރު ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ޔަޒްމީދު އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ރައީސް އޮފީހަށް ސިޓީ ފޮނުއްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ޔަޒްމީދު އެ މަގާމާ ހަވާލުވެވަޑައިގަތީ 23 ފެބުރުއަރީ 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހު އެވެ. ސަމީރު ވަކިކޮށް ޔަޒްމީދު އައްޔަންކުރި ބަދަލަކީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދިޔަ ދަނޑިވަޅެއްގައި ގެނައި ބަދަލެކެވެ.

ޔަޒްމީދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ލީކުވެފައިވާ އެ އޯޑިއޯތަކުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅާ ވާހަކަ ދައްކާފައިވެ އެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި ބައެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ހަމައަށް ނުގޮސް ސަލާމަތް ކުރެވިދާނެ ކަމަށް ބުނާ އަޑުތަކެއް ވެސް އެ އޯޑިއޯއިން އިވެ އެވެ.

ޓެގް

ޖޭއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.