ޚަބަރު އާއިލީ ބަދަހިކަމަކީ ޤައުމުގެ އިޖްތިމާޢީ ބިންގާ: ރައީސް މުއިއްޒު

އާއިލީ ބަދަހިކަމަކީ ޤައުމުގެ އިޖްތިމާޢީ ބިންގާ: ރައީސް މުއިއްޒު

އާއިލީ ބަދަހިކަމަކީ ޤައުމުގެ އިޖްތިމާޢީ ބިންގާ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ބަދަހިކުރުމުގެ އަސާސަކީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައްކަން ފާހަގަކުރައްވައި، ޢާއިލީ ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ އެއްޗެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންވެސް އިއްތިފާގުވާ ގޮތަށް، ޤުރުޢާނާއި ސުންނަތުގެ އަލީގައި ޢާއިލާ ބިނާކުރުމަކީ މުޖުތަމަޢުގެ އަފްރާދުންގެ ގުޅުން ބަދަހިވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ މޭ 15 ގައި ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މައިގަނޑު ބޭނުމަކީވެސް އާއިލީ ލޯތްބާއި އަޅާލުމުގެ މުހިންމުކަން މުޖުތަމަޢަށް ހަނދާންކޮށްދިނުމެވެ.

ޢާއިލާތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން “ހާލު ކިހިނެއް؟” އަދި “ކޮންމެ ކުއްޖަކަށް އާއިލާއެއް” ފަދަ މުހިންމު ޕްރޮގްރާމްތަކެއް ހިންގަމުންދާކަން ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ އުފާވެރިކަމާއި ލޯތްބާއެކު ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.