ޚަބަރު ނޫސްވެރިންނަށް ދައުވާކޮށް، ބައްދަލުވުމުން ބޭރުކުރި މައްސަލަ ސީޕީޖޭން ކުށްވެރިކޮށްފި

ނޫސްވެރިންނަށް ދައުވާކޮށް، ބައްދަލުވުމުން ބޭރުކުރި މައްސަލަ ސީޕީޖޭން ކުށްވެރިކޮށްފި

ނޫސްވެރިންނަށް ދައުވާކޮށް، ބައްދަލުވުމުން ބޭރުކުރި މައްސަލަ ސީޕީޖޭން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރަށް އުނިކަން އަންނަ ފަދަ ޑޮކިއުމަންޓަރީއެއް އާންމުކުރި މައްސަލާގައި ‘އަދަދު’ ނޫހުގެ އިސް ދެ އެޑިޓަރުންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލުމުން، އެކަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކުށްވެރިކޮށްފިއެވެ.

ސީޕީޖޭ އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ގޮވާލާފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުވާލުކުރުމުން ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އެ ތަނުން ބޭރުކުރި މައްސަލަވެސް ސީޕީޖޭން ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ ނޫސްވެރިންނަށް އެއްވެސް ބިރުދެއްކުމެއް ނެތި ސުވާލުކުރުމުގެ ފުރުސަތު ލިބިދޭންޖެހޭ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ދެ އެޑިޓަރުންގެ އިތުރުން އިތުރު މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. މީގެއިތުރުން ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ ފެތުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.