ކުޅިވަރު ފުޓްސަލް އިން ދެކުނު އޭޝިއާގެ ރަސްކަން ދަމަހައްޓާ، ދުނިޔޭގެ ރޭންކިންގެ ގަދަ 100 އަށް ރާއްޖެ

ފުޓްސަލް އިން ދެކުނު އޭޝިއާގެ ރަސްކަން ދަމަހައްޓާ، ދުނިޔޭގެ ރޭންކިންގެ ގަދަ 100 އަށް ރާއްޖެ

ފުޓްސަލް އިން ދެކުނު އޭޝިއާގެ ރަސްކަން ދަމަހައްޓާ، ދުނިޔޭގެ ރޭންކިންގެ ގަދަ 100 އަށް ރާއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފީފާ އިން އެންމެ ފަހުން އާންމުކުރި ދުނިޔޭގެ ފުޓްސަލް ރޭންކިންގައި 10 ދަރަޖައިގެ ބޮޑު ކުރިއެރުމަކާއެކު ރާއްޖެ ދުނިޔޭގެ 99 ވަނައަށް ޖެހިލައި، ބައިނަލްއަގުވާމީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަދު އާންމުކުރި މި ރޭންކިންއާ އެކު ރާއްޖެއިން ވަނީ ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ މަގާމު ދަމަހައްޓައި، އޭޝިއާ ބައްރުގެ 24 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

ރާއްޖެއަށް މި ފާހަގަކޮށްލެވޭ ކުރިއެރުން ލިބުނީ މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ތަށި އުފުލާލުމާ ގުޅިގެންނެވެ. މި މުބާރާތުގައި ސަރަހައްދީ ބާރުތައް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން ފަދަ ގައުމުތައް ބޮޑު ތަފާތަކުން ބަލިކޮށް، ރާއްޖެއިން ވަނީ ރޭންކިންއަށް ބޭނުންވާ މުހިއްމު ޕޮއިންޓްތަކެއް ކަށަވަރުކޮށްފައެވެ. ރޭންކިންގެ އެއްވަނައިގައި ބްރެޒިލް އޮތްއިރު، ރާއްޖެއާ އެންމެ ގާތުން ދެކުނު އޭޝިއާގައި އޮތީ 110 ވަނައިގައި އޮތް ނޭޕާލެވެ.

ފުޓްސަލްއިން ހޯދަމުންދާ މި ބޮޑު ކާމިޔާބީއާއެކު، މި ކުޅިވަރަށް ކުރިމަތިވެފައިވާ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ އަމަލީ މަސައްކަތްތަކެއް ފަށާފައެވެ. ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެފައިވާ ގޮތުގައި، ގައުމީ ޓީމުތަކަށް ބޭނުންވާ އިންޑޯ ފެސިލިޓީގެ މަސައްކަތް މިއަހަރު ފެށިގެންދާނެއެވެ. މީގެ އިތުރުން، އެފްއޭއެމްއިން މިހާރު ވަނީ ފުޓްސަލް ގައުމީ ލީގެއް އިއުލާނުކޮށް، ކުޅުންތެރިންނަށް މުސާރައާއި އިންޝުއަރެންސް ފަދަ އިނާޔަތްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ރާވާފައެވެ.

ޓެގް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.