ޚަބަރު ސަރުކާރުގެ އަމާޒަކީ ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލުން: ރައީސް މުއިއްޒު

ސަރުކާރުގެ އަމާޒަކީ ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލުން: ރައީސް މުއިއްޒު

ސަރުކާރުގެ އަމާޒަކީ ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލުން: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ އަމާޒަކީ ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަވެރި އިޤްތިޞާދެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ސްރީލަންކާގައި ބޭއްވުނު “ސްރީލަންކާ ބިޒްނަސް ފޯރަމް” ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި، މީހުން ބިނާކުރުމާއި ފަންނިއްޔާތުގެ ދާއިރާއަށް އިސްކަންދޭ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލުތައް ގެނެސް، މުޢައްސަސާތައް ވަރުގަދަކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިފަދަ އިސްލާހީ ބަދަލުތަކުގެ ސަބަބުން ގޫގުލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ޝައުޤުވެރިކަން ރާއްޖެއަށް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ހުޅުވާލެވިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ގުޅުމަށް އަލިއަޅުވާލައްވައި، ދެ ޤައުމަށްވެސް ފައިދާހުރި އިންވެސްޓްމެންޓް މާހައުލެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް ބޭނުންވާ ފަދައިން، ދިވެހި ވިޔަފާރިވެރިންވެސް ސްރީލަންކާގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާކަން ފާހަގަކުރައްވައި، ދެފަރާތަށް ފަހި ފުރުޞަތުތަކެއް އޮތުމަށް އެދިވަޑައިގަތެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.