ޚަބަރު ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދޭން ފަށައިފި

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދޭން ފަށައިފި

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދޭން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ހިދުމަތް ފެށުމަށްޓަކައި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ބޭއްވި ހާއްސަ ހަފްލާގައި ދެ ދިވެއްސަކަށް ވަނީ މި ހިދުމަތްތައް ދީފައެވެ.

ބޭރު ގައުމެއްގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ މެލޭޝިޔާގައެވެ. އެއީ ވެސް ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ފެއްޓެވި ހިދުމަތެކެވެ. މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް އައިޑީކާޑު ހެއްދުމާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ދައުލަތުގެ އަސާސީ ލިޔެކިޔުންތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.