ޚަބަރު އީސީގެ ރައީސް މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފި

އީސީގެ ރައީސް މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފި

އީސީގެ ރައީސް މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒާހިދު އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުންނާއި ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި އިސްތިއުފާއާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މުޙައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް އޭނާ އައްޔަންކުރެއްވީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ގެނެސްފައިވާ ބަދަލާއެކު، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ޒާހިދު އިސްތިއުފާ ދެއްވިއިރު، އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. އޭނާ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، ކޮމިޝަނުގެ ރައީސްގެ މަޤާމާއި މެންބަރުކަމުގެ މަޤާމު މިހާރު ވަނީ ހުސްވެފައެވެ.

ޓެގް

އީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.