ޚަބަރު

ސަރުކާރުގެ ހަރަދުތަކަށް 2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިފަހަރު ވިއްކަން ހަމަޖެހިފައިވަނީ އެކި މުއްދަތުތަކަށް ބަހާލެވިފައިވާ ހަތަރު ޓީ-ބިލެކެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ހިމެނެނީ އަންނަ އަހަރުގެ މޭ މަހަށް އަނބުރާ ދައްކަންޖެހޭ 1.17 ބިލިއަން ރުފިޔާގެ ޓީ-ބިލާއި، މި އަހަރުގެ ޖޫން މަހަށް އަނބުރާ ދައްކަންޖެހޭ 1.19 ބިލިއަން ރުފިޔާގެ ޓީ-ބިލެވެ.

މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައަޅާފައިވަނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. ޓީ-ބިލަކީ ސަރުކާރުން ކުރު މުއްދަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކައި، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ދަރަންޏެކެވެ. މީގެ އިތުރުން އޮގަސްޓް މަހަށް 56 މިލިއަން އަދި ނޮވެމްބަރު މަހަށް 205 މިލިއަން ރުފިޔާގެ ޓީ-ބިލްވެސް މި ބުރުގައި ހިމެނެއެވެ.

ސަރުކާރުން ވިއްކާ މި ސެކިއުރިޓީޒްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި، ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކުންނެވެ. މިއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ބަޖެޓްގެ ހަރަދުތައް ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް ބޭނުންކުރާ މާލީ ވަސީލަތެކެވެ. އިންވެސްޓަރުންނަށް މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރައްކާތެރިކަމާއެކު ފައިދާ ހޯދޭނެ ފުރުސަތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close