ޚަބަރު މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އައްޑޫގައި މީހަކަށް ވަޅިން ހަމަލާދީފި

މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އައްޑޫގައި މީހަކަށް ވަޅިން ހަމަލާދީފި

މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އައްޑޫގައި މީހަކަށް ވަޅިން ހަމަލާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން، އައްޑޫ ސިޓީ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިއަދު (28 އޭޕްރީލް 2026) މެންދުރުފަހު 13:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މި ހާދިސާ ހިނގާފައިވަނީ ގެއެއްގެ ތެރޭގައެވެ. ފުލުހުންގެ އިބްތިދާއީ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި މާރާމާރީ ހިނގަން މެދުވެރިވީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

މި ހަމަލާގައި އަނިޔާވި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނާއަށް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގް

އައްޑޫސިޓީ މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.