ބޭރުދުނިޔެ އީރާނަށް ދޭ ހަމަލާތައް ހުއްޓާނުލަނީސް ގަލްފުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: އީރާން

އީރާނަށް ދޭ ހަމަލާތައް ހުއްޓާނުލަނީސް ގަލްފުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: އީރާން

އީރާނަށް ދޭ ހަމަލާތައް ހުއްޓާނުލަނީސް ގަލްފުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: އީރާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތެލުގެ މުއްސަނދިކަން ލިބިފައިވާ ޕާސިއަން ގަލްފުގެ ސަލާމަތާއި ދާއިމީ ހަމަޖެހުން ގާއިމްކުރެވޭނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ހިންގާ އުދުވާނުތައް ހުއްޓާލައި، އެފަދަ ހަމަލާއެއް ދެން ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެން ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ މަންދޫބު އާމިރު ސައީދު އިރަވާނީ ވިދާޅުވެއްޖެއެވެ.

ބަހްރެއިންގެ އިސްނެގުމަކަށް ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިރަވާނީ ވިދާޅުވީ، އެ ސަރަހައްދުގައި އަމާންކަން އޮންނާނީ އީރާނުގެ ގާނޫނީ ސިޔާދަތީ ހައްގުތަކަށާއި މަސްލަހަތުތަކަށް ފުރިހަމައަށް އިހްތިރާމްކޮށްގެން ކަމަށެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް ހިންގާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ހަމަޖެހުމަށް އޮތް ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގައި އީރާނުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔައި އެކަން ކުށްވެރިކޮށްފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިރަވާނީ ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުން ފެންނަނީ ވަކި ފަރާތަކަށް ޖެހިފައިވާ މަންޒަރެއް ކަމަށެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ކަނޑުއޮޅިތައް ބަންދުކޮށް، އުޅަނދުތައް ހުއްޓުވައި ހިންގާ އަމަލުތަކާ މެދު އެއްވެސް ގައުމަކުން ބަސްނުބުނާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން އިރަވާނީ ވިދާޅުވީ، އެމެރިކާއިން އަމަލުކުރަމުން ދަނީ ކަނޑުފޭރޭ މީހުންނާއި ނިރުބަވެރިން ފަދައިން ކަމަށެވެ. އަދި ބިރުދެއްކުމާއި، މަޖުބޫރުކުރުވުމުގެ ތެރެއިން ވިޔަފާރި އުޅަނދުތައް އަތުލައިގަނެ، އެ ތަކެތީގެ ފަޅުވެރިން ރަހީނުކުރަމުންދާއިރު ވެސް، ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ހަނު ކަމަށް އޭނާ ވިދާޅުވިއެވެ.

“ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރާ މެދު ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު، އެމެރިކާގެ މި ނިރުބަވެރި އަމަލުތައް ކުށްވެރި ކުރުމުގެ ހިތްވަރެއް ނެތް،” ނޫސްވެރިންނާ ވާހަކަދައްކަވަމުން އިރަވާނީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އީރާނުން ވަނީ، އެ ގައުމުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެމެރިކާ އާއި އިސްރާއީލުގެ އުދުވާނީ ހަމަލާތަކަށް ދޫނުދޭނެ ކަމުގެ އިންޒާރު އަލުން ތަކުރާރުކޮށްފައެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.