ޚަބަރު ރައީސް މުޢިއްޒަށް ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި ‘އަދަދު’ އޮފީހަށް ފުލުހުން ވަދެއްޖެ

ރައީސް މުޢިއްޒަށް ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި ‘އަދަދު’ އޮފީހަށް ފުލުހުން ވަދެއްޖެ

ރައީސް މުޢިއްޒަށް ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި ‘އަދަދު’ އޮފީހަށް ފުލުހުން ވަދެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން، “އަދަދު” ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ އެ އޮފީހަށް ވަދެ ހަރަކާތްތެރިވާން ފަށައިފިއެވެ.

މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އެ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އޮފީހަށް ވަދެފައިވާކަން “އަދަދު” ނޫހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ނޫހުގެ ނޫސްވެރިން ބުނާ ގޮތުގައި ފުލުހުން ދެއްކި ކޯޓު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ތަހުގީގު ކުރުމަށް އޮފީސް ބަލައި ފާސްކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. “އަދަދު” ނޫހުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ފޮރެންސިކް ފުލުހުން ދަނީ އެ އޮފީހުގެ ކޮމްޕިއުޓަރު ސިސްޓަމްތައް ބަލައި، އެތަނުގެ ފޮޓޯ ނަގައި ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދަދު ނޫހުން ތައްޔާރުކުރި މި ޑޮކިއުމެންޓްރީއަކީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް މުޢިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. ފުލުހުން އޮފީހަށް ވަދެފައިވާ ވަގުތަކީ އެ ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާ ވެސް އޮފީހުގައި ހުންނެވި ވަގުތެކެވެ.

ޓެގް

އަދަދު ނޫސް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.