ޚަބަރު

ޓްރަމްޕްގެ ހަފްލާގައި “ބަޑީގެ ހަމަލާތަކެއް އަންނާނެ” ކަމަށް ބުނެ ލީވިޓް ދެއްކި ވާހަކަ ހަގީގަތަކަށް

ވައިޓް ހައުސްގެ ނޫސްވެރިންގެ ފަރިއްކޮޅުގެ ތެރެއިން ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފައިވާއިރު، އެ ހަފްލާގެ ކުޑަވަގުތުކޮޅެއް ކުރިން ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ދެއްކި ވާހަކަތަކެއްގެ ސަބަބުން ގިނަ ބަޔަކު ސިއްސައިގެން ގޮސްފިއެވެ. ލީވިޓް ބުނެފައިވަނީ އެރޭގެ ހަފްލާގައި “ބަޑީގެ ހަމަލާތަކެއް” ފެންނާނެ ކަމަށެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ލީވިޓް ބުނީ ޓްރަމްޕް ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އޭނާގެ ތަގުރީރަކީ މަޖާ އަދި މުނިފޫހިފިލުވައިދޭނެ ތަގުރީރަކަށް ވާނެ ކަމަށެވެ. “މިރޭ އެ ކޮޓަރި ތެރޭގައި ބަޑީގެ ހަމަލާތަކެއް ހުންނާނެ. އެހެންވީމާ އެންމެންވެސް ބަލަން ތިބޭ،” ލީވިޓް ބުންޏެވެ. އޭނާ މިހެން ބުނީ ޓްރަމްޕް ދޭ ބަހުގެ ހަމަލާތަކަށް އިޝާރާތްކޮށް ކަމަށް ވިޔަސް، އޭގެ އިރުކޮޅެއް ފަހުން ހަގީގީ ބަޑީގެ ހަމަލާއެއް ވަނީ ދީފައެވެ.

ނޫސްވެރިންގެ ފަރިއްކޮޅުގެ ތެރެއިން ބަޑީގެ އަޑު އިވުމާއެކު ސީކްރެޓް ސާވިސްގެ އެޖެންޓުން ވަނީ ޓްރަމްޕް ވަށާލައި ސްޓޭޖުން ބާލާފައެވެ. މި ހަމަލާއާ ގުޅިގެން ޓްރަމްޕް ބުނީ އޭނާ މަރާލަން އުޅުނު މީހާ ހުއްޓުވީ ސީކްރެޓް ސާވިސްއިން ކަމަށެވެ. އަދި މި ހާދިސާގައި އެއް ސަލާމަތީ އޮފިސަރަކަށް އަނިޔާވި ނަމަވެސް، ބުލެޓްޕްރޫފް ޖެކެޓްގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވި ކަމަށް ޓްރަމްޕް ބުންޏެވެ.

ހަމަލާގެ ވަގުތު ޓްރަމްޕަށް ހީވީ ތަބަކެއް ވެއްޓުނީ ކަމަށެވެ. ނަމަވެސް އޭނާގެ އަނބިމީހާ މެލޭނިއާއަށް އެއީ ބަޑީގެ ހަމަލާއެއްކަން ވަގުތުން އެނގުނު ކަމަށް ޓްރަމްޕް ކިޔައިދިނެވެ. ޓްރަމްޕް ބުނި ގޮތުގައި މި ހަމަލާ ދިނީ “ލޯން ވުލްފް” އެއް ނުވަތަ އެކަނި ހުރެ ހަމަލާދިން މީހެކެވެ. އޭނާ ބުނި ގޮތުގައި އެ އިމާރާތަކީ އެހާ ރައްކާތެރި ތަނެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close