ޚަބަރުކުޅިވަރު

ގެޓަފޭ ބަލިކޮށް ބާސެލޯނާ ލީގު ތައްޓާ ގާތަށް ޖެހިލައިފި

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ގެޓަފޭއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ 11 ޕޮއިންޓް ކުރީގައެވެ. ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން ބާސެލޯނާއަށް ލީގު ކާމިޔާބު ކުރެވޭނެއެވެ.

ގެޓަފޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެނިކޮށް ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒްއެވެ. ދެވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ 74 ވަނަ މިނިޓުގައި މާކަސް ރެޝްފޯޑެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ގެޓަފޭގެ ދަނޑުގައި ބާސެލޯނާއަށް ހޯދުނު ފުރަތަމަ މޮޅެވެ.

މި މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ބާސެލޯނާއަށް 33 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މެޑްރިޑަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. ރޭ ރެއާލް ބެޓިސްއާ ކުޅެ ރެއާލް މެޑްރިޑް އެއްވަރުވުމުން، ބާސެލޯނާއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގައި ބާސެލޯނާގެ ޕެޑްރީއާއި ލެވަންޑޯސްކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close