ބޭރުދުނިޔެ

ދުޝްމަނުންނަށް ހީވެސް ނުކުރެވޭ ފަދަ ސިހުންތަކެއް ކުރިމަތިކުރުވަން ތައްޔާރު: އައިއާރުޖީސީ

ދުޝްމަނުންނަށް ހީވެސް ނުކުރެވޭ ފަދަ ސިހުންތަކެއް ކުރިމަތިކުރުވަން ތައްޔާރުވަމުން ދާކަމަށް އީރާނުގެ އައި.އާރު.ޖީ.ސީއިން ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ)ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންގެ ހިސާބުތަކާއި ފިކުރަށްވުރެ މާ ވަރުގަދަ އަދި ހައިރާންކުރުވަނިވި ކަންތައްތަކެއް “އާ ކާޑުތަކެއްގެ” އެހީގައި ދެއްކުމަށް އެ ފައުޖު އޮތީ ފުރިހަމައަށް ތައްޔާރަށެވެ.

ޕާސް ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ ޒަޔަނިސްޓު އިސްރާއީލާއި، ޓެރަރިސްޓް އަދި ކުށްވެރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އެމީހުން ވަނީ ވަރުބަލިވެ، މާޔޫސްވެފައެވެ. އަދި މިދިޔަ 50 އަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި އީރާނުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ސިފައިންނަށް ދެމުންދާ ތާއީދަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ކަމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާރު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކާއި، ހަނގުރާމަ ހުއްޓާލައިގެން އޮތް ވަގުތުގައިވެސް ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކަށް ސަމާލުވާން ޖެހޭ ކަމަށް އައި.އާރު.ޖީ.ސީ އިން ބުންޏެވެ. އަދި އީރާނުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި އެމެރިކާގެ އަސްކަރީ އޮނިގަނޑުގެ ބޮޑުބައެއް މިހާރުވެސް ވަނީ ފުނޑުފުނޑުވެފައި ކަމަށް އެ ފައުޖުން ދައުވާ ކުރެއެވެ.

ނަތަންޔާހޫ އާއި ޓްރަމްޕް ފަދަ ވެރިންނަށް އިންޒާރު ދެމުން އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ، އަލުން އިސްލާމީ އުންމަތާ ދެކޮޅަށް އުދުވާނެއް ފަށައިފިނަމަ، އެމީހުންގެ ޚިޔާލަށްވެސް ނުގެނެވޭ ފަދަ ވަރުގަދަ ހަމަލާތަކެއް ދީ، ސަރަހައްދުގައި ހުރި އެމީހުންގެ ބާކީ ހުރި ވަސީލަތްތައްވެސް ސުންނާފަތިކޮށްލާނެ ކަމަށެވެ.

އައި.އާރު.ޖީ.ސީ އޮތީ ކޮންމެ ވަގުތެއްގައިވެސް ދުޝްމަނުންނާ ކުރިމަތިލުމަށް “ހައިޓް އޮފް ރެޑިނެސް” ނުވަތަ އެންމެ މަތީ ތައްޔާރީ ހާލަތުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close