ޚަބަރު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލްގެ ‘އިތުބާރު’ ކެމްޕެއިން ލޯންޗުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލްގެ ‘އިތުބާރު’ ކެމްޕެއިން ލޯންޗުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލްގެ ‘އިތުބާރު’ ކެމްޕެއިން ލޯންޗުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް، އޭނާގެ ކެމްޕެއިން ‘އިތުބާރު’ މިއަދު ރަސްމީކޮށް އިފްތިތާހު ކުރައްވައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި މަޖިލީހުގެ ބައެއް މެންބަރުންގެ ތާއީދާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް ވިދާޅުވީ، އޭނާގެ އަމާޒަކީ ވަކި ފަރާތަކަށް ބުރަނުވެ، ހުރިހާ މެންބަރުންނަށް އިތުބާރު ކުރެވޭނެ ފަދަ މިނިވަން އަދި އިންސާފުވެރި ޕްރައިމަރީއެއް ބާއްވައި 2028 ގެ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

މި އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި މީކާއީލް ވިދާޅުވީ ޕާޓީ އެންމެ ބޮޑަށް ބައިބައިވެ ހާލުގައި އުޅުނު ދުވަހުވެސް އޭނާ ހުރީ އާންމު މެންބަރުންނާ އެކު ޕާޓީގައި ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމުގައި އޭނާ މަސައްކަތް ކުރައްވާނީ ތަފާތު ހިޔާލުތަކަށް ޖާގަދީގެން، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ބަދަލުގައި މުޅި ޕާޓީގެ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ޗެއާޕާސަންގެ ރޭހުގައި މީކާއީލަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު އޮތްކަން އޭނާ މިއަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީކާއީލް ވިދާޅުވި ގޮތުގައި އޭނާ ޕާޓީގައި ހޭދަކުރި 16 އަހަރުގެ ތަޖުރިބާއަކީ މެންބަރުން އޭނާއަށް އިތުބާރު ކުރަންޖެހޭ ސަބަބެކެވެ. އަދި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ މެންބަރުންނަށް އަރުވާފައެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.