ޚަބަރު

ޕީއެންސީގެ އެސްޖީއަކަށް މޫސާ ފަތުޙީ އައްޔަންކުރައްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ މިއަދު އައްޔަންކުރައްވައިފިއެވެ.

އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ހާމަކުރަމުން، އާ އެސްޖީއަށް ވަނީ މަރުޚަބާ ދަންނަވާފައެވެ. މި ބަދަލަކީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން ގެނެވުނު ބަދަލެކެވެ.

މި މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުއާޒް ޙަލީމް މި މަހުގެ 18 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ޕާޓީގެ ލީޑަރޝިޕުން ފަށްޓަވާފައިވާ އިޞްލާޙީ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. މުއާޒް އެ މަޤާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި ދެއްކެވި ލީޑަރޝިޕަށްޓަކައި ޕީއެންސީން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close