ޚަބަރު “މާލެ ޓެކްސީ” ގެ ރަސްމީ ޚިދުމަތުން އަގު ނަގަން ފަށައިފި

“މާލެ ޓެކްސީ” ގެ ރަސްމީ ޚިދުމަތުން އަގު ނަގަން ފަށައިފި

“މާލެ ޓެކްސީ” ގެ ރަސްމީ ޚިދުމަތުން އަގު ނަގަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ފެށި “މާލެ ޓެކްސީ” ގެ ޚިދުމަތަށް މިއަދުން ފެށިގެން އަގު ނަގަން ފަށައި، ޚިދުމަތް ހޯދުމަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކޮށްދެއްވި މި ޚިދުމަތް، މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހިލޭ ދިނުމަށްފަހު، މިހާރު ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ޚިދުމަތް ދޭން ފަށާފައެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، ކަސްޓަމަރުންނަށް މިހާރު އައު ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ. ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެ އަދި ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް 30 ރުފިޔާ ނަގާއިރު، މާލެ އާއި ހުޅުމާލެ ފިޔަވަހި 2 އާ ދެމެދު ކުރާ ދަތުރުތަކަށް ނަގާނީ 100 ރުފިޔާއެވެ. ފައިސާ ދެއްކުމަށްޓަކައި ވެބްސައިޓްގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ޕޭމަންޓް ލިންކް ބޭނުންކުރެވޭނެއެވެ.

މި ޚިދުމަތުގެ ދަށުން ދުއްވާ ކާރުތަކަކީ މަގުމަތިން އަތްނަގައިގެން ދަތުރު ނަގާ އުޅަނދުތަކެއް ނޫން ކަމަށާއި، ހުރިހާ ދަތުރުތަކެއްވެސް ކުރިއަށްދާނީ ޓެކްނޮލޮޖީގެ އެހީގައި މޮނިޓަރު ކުރެވިގެން ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ޚިދުމަތެއް ކަށަވަރުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތަށް ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޓެގް

އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.