ޚަބަރު

އެގްރިކަލްޗާ މިނިސްޓްރީ ފިޝަރީޒްގެ ދަށަށް ބަދަލުކޮށް، މިނިސްޓަރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، އެގްރިކަލްޗާ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، “މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސް” ގެ ނަމަށް ބަދަލުކޮށް މި މިނިސްޓްރީގެ ވަޒީރުކަމުގެ މަގާމަށް އަޙްމަދު ޝިޔާމް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިޔާމަށް ވަޒީރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންނެވި މި ބަދަލާއެކު، ކުރިން އޮތް 22 މިނިސްޓްރީގެ އަދަދު ވަނީ 15 އަށް މަދުކުރައްވާފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ހިންގުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

މި ބަދަލުތަކާ ގުޅިގެން އިއްޔެ ކެބިނެޓުގެ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައިވާއިރު، އައު ކެބިނެޓް އެކުލަވާލައި ވަޒީރުން ހުވާކުރުމުގެ ރަސްމިއްޔާތު ވަނީ ރޭ ބާއްވާފައެވެ. މި ނިންމެވުމާއެކު، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް އެކުލެވިގެންވަނީ އައު މިނިސްޓްރީގެ ބެލުމުގެ ދަށަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close