ޚަބަރު

ބަންކަރިންގެ ވިޔަފާރިން ރާއްޖެއަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް

ރާއްޖޭގައި އަލަށް ފެށި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިދިޔަ މާޗް މަހުގެ ނިޔަލަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސެޕްޓެމްބަރު 19، 2024 ގައި ފެށި މި ޚިދުމަތުން މިހާތަނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ތެޔޮ ކުންފުނި “ވިޓޯލް” އާ ގުޅިގެން އެސްޓީއޯ އިން މި ޚިދުމަތް ދެމުން އަންނަނީ ދެ ބޯޓެއް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ 3،258 ޓަނުގެ ‘މެރިން އޭންޖަލް’ އާއި 3،929 ޓަނުގެ ‘މެރިން ބެލާ’ އެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އުތުރުން ދަތުރުކުރާ ކޮމާޝަލް ބޯޓުފަހަރުގެ އެންމެ އިންސައްތައަކަށް ޚިދުމަތް ދެވުނު ނަމަވެސް، ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ. މި މަޝްރޫއަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ އައު މަގަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close