ޚަބަރު ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސް، ބާޒާރަށް ނެރެފި

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސް، ބާޒާރަށް ނެރެފި

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސް، ބާޒާރަށް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، އާންމުންނަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

އިއްޔެ ރާއްޖެއަށް ލިބުނު މި ޝިޕްމަންޓާއެކު، މޯލްޑިވްސް ގޭސް މެދުވެރިކޮށް ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސްފުޅި މިހާރު އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން 10 ކިލޯގެ ފުޅި ވިއްކުން ލިމިޓްކޮށް، ވަގުތީ ހައްލެއްގެ ގޮތުން 5 ކިލޯގެ ގޭސްފުޅި ޑިސްކައުންޓް އަގުތަކެއްގައި ވިއްކަމުންދިޔަ ނަމަވެސް، އައު ޝިޕްމަންޓާއެކު މިހާރު ވަނީ ގޭސް ލިބުމުގެ ދަތިކަން ހައްލުވެފައެވެ. އެސްޓީއޯއިން ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގޭހުގެ ސްޓޯރޭޖް އިތުރުކުރުމަށްޓަކައި މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޓެގް

މޯލްޑިވްގޭސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.