ޚަބަރު ކުޅިވަރުގެ ސަބަބުން ޒުވާނުންގެ އަޚްލާޤު ރަނގަޅުވޭ: ރައީސް މުޢިއްޒު

ކުޅިވަރުގެ ސަބަބުން ޒުވާނުންގެ އަޚްލާޤު ރަނގަޅުވޭ: ރައީސް މުޢިއްޒު

ކުޅިވަރުގެ ސަބަބުން ޒުވާނުންގެ އަޚްލާޤު ރަނގަޅުވޭ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތި މީހުން ގުޅުވައިދޭ ބާރެއްގެ އިތުރުން ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކުޅިވަރުގެ ދުވަހުގެ މުނާސަބަތުގައި ސޯސަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ ސަބަބުން ޒުވާނުން ބާރުވެރިވެ، އިޖުތިމާޢީ ބަދަހިކަން އިތުރުވުމަށް މަގުފަހިވެގެން ދެއެވެ.

ރައީސްގެ މެސެޖުގައި ބަޔާންކުރެއްވި ގޮތުގައި، ކުޅިވަރު ކުޅުމުގެ ތެރެއިން ޒުވާނުންގެ ކިބައިގައި ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުން ފަދަ ރިވެތި އަޚްލާޤީ ސިފަތައް އަށަގަނެއެވެ. މިއީ ދުޅަހެޔޮ، އަމާޒެއް އޮތް ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައިގެން ދުޅަހެޔޮ ޖީލެއް ބިނާކުރުންކަން ފާހަގަކުރައްވަމުން، ކުޅިވަރުގެ ބާރު ބޭނުންކޮށްގެން ޤައުމީ ތަރައްޤީއަށާއި ދެމެހެއްޓެނިވި ސުލްހައަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.