ޚަބަރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަހްމަދު މުހައްމަދު އައްޔަންކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަހްމަދު މުހައްމަދު އައްޔަންކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަހްމަދު މުހައްމަދު އައްޔަންކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް ބޭފުޅަކު މި އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔާ ކުރެއްވުމާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށެވެ.

އަހްމަދު މުހައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާގެ އިސް ގިނަ މަގާމުތަކެއް ފުރުއްވައި، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ތައުލީމީ ގޮތުން ބަލާއިރު އަހްމަދު މުހައްމަދަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި ބެޗްލާ އޮފް ޝަރީއާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން ސީނިއާ އޮފިސަރުންނަށް ދޭ ބޭސިކް ޓްރޭނިން ކޯސް ފަދަ މުހިއްމު ތަމްރީނުތައް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.