ޚަބަރު ‘ބިންވެރިޔާ ހާއްސަ ސްކީމު’ގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

‘ބިންވެރިޔާ ހާއްސަ ސްކީމު’ގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

‘ބިންވެރިޔާ ހާއްސަ ސްކީމު’ގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ ‘ބިންވެރިޔާ ހާއްސަ ސްކީމު’ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ފޯމު ހުށަހަޅަން ޖެހޭނީ ‘ބޯހިޔާވަހިކަން ޕޯޓަލް’ މެދުވެރިކޮށެވެ. ރަސްމާލެއިން ދޫކުރާ މި ގޯތިތަކުގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ.

މި ސްކީމުގެ ދަށުން މައިގަނޑު ދެ ކެޓަގަރީއަކަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ކެޓަގަރީއަކީ ބިންވެރިޔާ ސްކީމުން އެހެން ބަޔަކާ ގުޅިގެން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ވަކި ގޯއްޗެއް ބޭނުންވާ ފަރާތްތަކެވެ. ދެވަނަ ކެޓަގަރީއަކީ ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ކުރިމަތިނުލެވުނު ފަރާތްތަކާއި، މިހާރު ލިބިފައިވާ ފްލެޓު ދޫކޮށްލަން އެއްބަސްވާ ފަރާތްތަކެވެ.

މީގެ އިތުރުން، ސަރުކާރުގެ ‘އާއިލީ ބޯހިޔާވަހިކަން’ ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް ކަނޑައަޅައި، އެ ފަރާތްތަކަށް ވަކިން ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅާނީ ޝަރުތުހަމަވާ މީހުންގެ އަދަދަށް ބަލައި ހައުސިން މިނިސްޓްރީންނެވެ.

ޓެގް

ބޯހިޔާވަހިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.