ޚަބަރު

ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލަނީ

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ނިންމެވުން ނިންމެވީ ގޯތި ލިބިފައިވާ ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ލިބުނު ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ގިނަ ނިކަމެތި ރައްޔިތުންތަކަކަށް އަމިއްލައަށް ގެދޮރު ބިނާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި އެ ސަރަހައްދުތަކުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ވަގުތު ނަގާނެތީ، ވަގުތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް މިހާރު އިމާރާތްކުރަމުންދާ ފުލެޓުތަކަށް ކުރިމަތިލުމުގެ މަގު ފަހިކޮށްދެއްވަން ނިންމެވީއެވެ.

މި ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އުސޫލުތައް އެކަށައެޅުމުގައި ގޯއްޗާއި ފުލެޓުވެސް ނެތް މީހުންގެ ހާލަތަށް ބައްލަވައި، އިންސާފުވެރި ނިޒާމެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close