ޚަބަރު އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްދަނީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށާއި، ވޯޓު ކަރުދާހާއި ވޯޓު ފޮށި ހިމެނޭހެން އަތޮޅުތަކުގެ 347 މަރުކަޒަކަށް ބޭނުންވާ ތަކެތި ކަނޑުމަގުންނާއި ވައިގެމަގުން ފޮނުވަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ތަކެތި ފޮނުވުމުގެ މަސައްކަތް ބެޗުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިއަދުގެ ނިޔަލަށް ގިނަ އަތޮޅުތަކަކަށް ތަކެތި ފޮނުވައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި ދުރު އަތޮޅުތަކާއި ސިޓީތަކަށް ވައިގެމަގުން ތަކެތި ފޮނުވާއިރު، ކައިރި އަތޮޅުތަކަށް ތަކެތި ފޮނުވަނީ ކަނޑުމަގުންނެވެ. އަދި ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ގައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުތަކުގައި 294,876 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، އެ މީހަކު ރަޖިސްޓްރީވެފައިވާ ފޮށީގެ މައުލޫމާތު ކުރިއާލައި ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވޯޓުލާ ފޮށީގެ މައުލޫމާތު 1414 އަށް މެސެޖުކޮށްގެން ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ޓެގް

އީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.