ޚަބަރު އީރާނުން ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި

އީރާނުން ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި

އީރާނުން ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާ ދީފައިވަނީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި މި ބޭސް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

މި ހަމަލާގައި ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުމަތީގައި ފެއިލްވިއިރު، ދެވަނަ މިސައިލް އެމެރިކާގެ އަސްކަރީ މަނަވަރަކުން ވަނީ ހުއްޓުވާފައެވެ. ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮންނަ މި މަރުކަޒަށް އަމާޒުކޮށް ހަމަލާދިނުމަކީ، ކުރިން ހީކުރެވިފައިވާ މިންވަރަށް ވުރެ ދުރު ރާސްތާއަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ހާމަވާ ކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ދެ ގައުމުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މިއީ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް ބެލެވެއެވެ. ޑިއޭގޯ ގާސިއާގައި އެމެރިކާގެ 4,000 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާއިރު، އީރާނާ ދެކޮޅަށް ފެށި ހަމަލާތަކުގައި މިހާތަނަށް 1,300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.