ޚަބަރު ފަޤީރުންނަށް ބޮލަކަށް 6،000 ރުފިޔާގެ މަގުން ފިޠުރު ޒަކާތް ބަހައިފި

ފަޤީރުންނަށް ބޮލަކަށް 6،000 ރުފިޔާގެ މަގުން ފިޠުރު ޒަކާތް ބަހައިފި

ފަޤީރުންނަށް ބޮލަކަށް 6،000 ރުފިޔާގެ މަގުން ފިޠުރު ޒަކާތް ބަހައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ތާރީޚުގައި ވެސް ފަޤީރުންނާއި މިސްކީނުންނަށް ބޮލަކަށް އެންމެ ބޮޑު ޢަދަދަކުން ފިޠުރު ޒަކާތް ބެހި ފަހަރު ކަމުގައިވާ މިފަހަރު، 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް 6،000 ރުފިޔާ މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކޮށްފިއެވެ. ޒަކާތް ބަހައިފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިންގެ ފަރާތުން އެންމެ ބޮޑު ތަރުޙީބެއް ލިބި، އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. އެގޮތުން ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، އޭގެ ތެރެއިން 13،896،000 ރުފިޔާ ވަނީ ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި ޒަކާތް ޙައްޤުވާ 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނޭކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

މިއަހަރު ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުން ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފައިފައިވެއެވެ. އޮންލައިން 7 ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިތުރުން، އިންޓަރނެޓް މެދުވެރިކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރަށްރަށުގެ ކައުންސިލްތަކުން ނަގުދު ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި ކައުންސިލްތަކަށް ލިބޭ ފައިސާ ފަސޭހައިން ޖަމާކުރެވޭނެ ޚާއްޞަ ޕޯޓަލެއް ވެސް ތަޢާރަފުކުރިއެވެ. މީގެ އިތުރުން، މާލޭގައި ނަމަ އިސްލާމީ މަރުކަޒުން ނަގުދު ފައިސާއާއި ކާޑުން އަދި ގޮވާމުންވެސް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، މުޅި މި ނިޒާމު ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ފައިދާއަކަށްވީ، ކޮންމެ ދުވަހަކު ލިބޭ ފައިސާގެ ޢަދަދުތައް ވަގުތުން ވަގުތަށް މޮނިޓަރ ކުރެވުމެވެ. މީގެ ނަތީޖާއަކީ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަޤީރުންނާއި މިސްކީނުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ފައިސާ ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެން ދިއުމެވެ.

ޓެގް

ފިތުރުޢީދު ފިޠުރު ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.