ޚަބަރު އަލިފާނުގެ ހާދިސާއާއެކުވެސް އިންތިޚާބުތަކަށް ބުރުލެއް ނާރާނެ: އީސީ

އަލިފާނުގެ ހާދިސާއާއެކުވެސް އިންތިޚާބުތަކަށް ބުރުލެއް ނާރާނެ: އީސީ

އަލިފާނުގެ ހާދިސާއާއެކުވެސް އިންތިޚާބުތަކަށް ބުރުލެއް ނާރާނެ: އީސީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާފަންނު “ޕްރައިމް ގޯޑައުން” ގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ދެއްވައިފިއެވެ.

މި ހާދިސާ ހިނގީ ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ހުންނަ އިމާރާތުގެ ކައިރީގައި ކަމަށްވީ ނަމަވެސް، މަރުކަޒުގައި ހުރި ހުރިހާ ލިޔެކިއުންތަކާއި ތަކެތި ހުރީ ރައްކާތެރިކަމާއެކުގައިކަމަށް ޒާހިދު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، މިއަދުން ފެށިގެން އެ މަސައްކަތާއި އިންތިޚާބާ ގުޅޭ އެހެނިހެން ހަރަކާތްތައް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެއެވެ. އިންތިޚާބީ މަރުކަޒު ހުރި އިމާރާތަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެވެންދެން ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.

އެމްއެންޑީއެފުން ރޭ 11:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ 5 ގެއަކުން މީހުން ހުސްކުރިއެވެ. މި ހާދިސާގައި ގެދޮރަށް އަސަރުކުރި 4 އާއިލާއެއްގެ 18 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ކެމިކަލް ރައްކާކުރާ އެ ގުދަނާއި ކައިރީގައި ހުރި ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޓެގް

އީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.