ޚަބަރު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނައަށްވުރެ އިތުރުވެއްޖެ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނައަށްވުރެ އިތުރުވެއްޖެ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނައަށްވުރެ އިތުރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ މަހުގެ 28 އިން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޕްރައިވެޓް ޖެޓުތަކުގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %166 އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގައި ޖުމްލަ 128 ޖެޓު ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރު އައިސްފައިވަނީ އެންމެ 70 ޖެޓެވެ. އަދި މި މަހުގެ 3 ވަނަ ދުވަހު އެކަނިވެސް 18 ޖެޓު ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާގައި ދުވާލަކު އެވްރެޖުކޮށް އައީ 5 ޖެޓު ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ ދުވާލަކު 12 އަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

މަޓާޓޯއިން ހާމަކުރި ގޮތުގައި ޕްރައިވެޓް ޖެޓުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމެވެ. މީގެ ސަބަބުން ގިނަ ބަޔަކު ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޚްތިޔާރުކުރަމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޓެގް

އެމްއޭސީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.